ރަށުގެ ތަރައްޤީގެ ކުރިމަގަށް ރޭވޭ އެންމެހާ ރޭވުންތަކާއި މަސައްކަތްތައް

ކުރިމަގު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތަށް ރަށުގެ ތަރައްޤީގެ ޕްލޭނާއި، ބިންބޭނުން ކުރުމުގެ ޕްލޭލާއި އަދި ފައިނޭންޝަލް ޕްލޭން އަކީ ތަރައްޤީގެ ކުރިމަގު ކުރަހާދޭ ރޮނގުތަކެވެ.

ރަށާއި ބެހޭ މަޢުލޫމާތު

ރަށާ ބެހޭ މަޢުލޫމަތުގެ ތަފްޞީލްތައް އަނެއް ޞަފުޙާއިން ލިބިވަޑައި ގަންނަވާނެ.

ތަދުބީރުކުރުން

ދަރަވަންދޫގެ ތަރައްޤީގެ ޕްލޭނާއި އަދި ބިން ބޭނުން ކުރާނެގޮތުގެ ޕްލޭން

ދަރަވަންދޫގެ މުޙިއްމު ބައެއް ތަފާސް ހިސާބުތައް

ޢަދަދުތަކުން

އެއްކުރެވޭ މަލޫމާތަކީ 2024 އެޕްރީލް 29 ގެ ނިޔަލަށް ނެގިފައިވާ މަޢުލޫމާތެވެ. މި ތާރީޚަށްފަހު ބައެއް މަޢުލޫމާތުތަކަށް ބަދަލު އަންނަނާނެއެވެ.

1217 ޖ
އާބާދީ
613 އ
އާބާދީ
604 ފ
އާބާދީ
320 ޖ
ބަންޑާރަ ގޯތި
ދަރަވަންދޫ ކައުންސިލްގެ ފަރާތުން ހިންގާ ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު

މަޢުލޫމާތު

ރަށުގެ ކަންތައްތަކާއި ގުޅޭ މުޙިއްމު މަޢުލޫމާތުތައް ހިއްސާކޮށް ގިނަދުވަހަށް އަރުޝީފު ކުރުމަށް އަބަދުވެސް މަސައްކަތް ކުރެވެއެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުން

މި އަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް 2024 އެޕްރީލް 16 ވަނަ ދުވަހު ބާއްވައިފިއެވެ. މި އެސެމްބްލީގައި ކައުންސިލްގެ ނައިބު އަދި ކައުންސިލްގެ ރައީސް ދިވެހި ބަހުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ. ދަރަވަންދޫ އަންހެނުންގެ …

އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ހުޅުވުން

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސެލްފް ސާރވިސް އޭޓީއެމް ގާއިމުކޮށް ހުޅުވުނީ 2024 އެޕްރީލް 01 ވަނަ ދުވަހުއެވެ. މި ކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ބޭންކް މުވައްޒަފުންގެ އިތުރުން ކައުންސިލްގެ މެންބަރުން ބައިވެރިވެލެއްވިއެވެ.

ޖޯލި ޕާކުގައި ކުޅޭ ސާމާނު ހަރުކުރުން

ޖޯލި ޕާކު ފުރިހަމަކުރުމުގެ މަގުސަދުގައި ކުޑަކުދިން ކުޅޭ ސާމާނު ހަރުކުރުމަށްފަހު ޕާކު އަލުން ހުޅުވައިލައިފިއެވެ. ކައުންސިލްގެ މުވައްޒަފުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުޅޭ ސާމާނު ހަރުކުރުމުގެ މަސައްކަތް ކުރެވިގެންދިޔައީ ވަރަށް ފޯރީގައިކަން ފާހަގަކޮށްލަމެވެ. ޕާކުގެ ކުޅޭ ސާމާނުތަކަކީ އެމްޑަބްލިޔުއެސްސީގެ ސީއެސްއާރގެ …

ރައްޔިތުންގެ މާހެފުން

1445 ވަނަ އަހަރުގެ ރަމަޟާންމަހަށް މަރުހަބާ ކިޔުމުގެ ގޮތުން ރައްޔިތުންގެ ބޮޑު މާހެފުމެއް 2024 މާރިޗު 10 ވަނަ ދުވަހު ބާއްވައިފިއެވެ. ދަރަވަންދޫގެ ހުރިހާ މުވައްސަސާތަކެއް ބައިވެރިވެގެން ބޭއްވުނު މާހެފުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި ބައްދަލުކުރުން

ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދަރަވަންދޫ ކައުންސިލާއި ބައްދަލުކުރައްވިފައިވެ. މި ބައްދަލުވުން އޮތީ ބ. އަތޮޅު ކައުންސިލްގެ އިދާރާގައި 2024 މާރިޗު 04 ވަނަ ދުވަހުއެވެ. މި ބައްދަލުވުމުގައި ރަށަށް ބޭނުންވާ މުހިންމު …

ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ބ. އަތޮޅު މަދަރުސާގެ އިސްލާމިކް ފޯރަމްއާއި ދަރަވަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދެވުނު ނަމާދު ވޯކްޝޮޕާއި ބަންގި ވޯކްޝޮޕް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު 2024 މާރިޗު 2 ވަނަ ދުވަހު ބާއްވައިފިއެވެ. މި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ އައްޝައިޚް މުޙައްމަދު …